ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

18 ސެޕްޓެމްބަރު 2024

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ - ރ. އުނގޫފާރުގައި ހިނގާފައިވާ ކަރަންޓުގެ ހާދިޘާ އާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނާ ގުޅޭ ބަޖެޓު

ޚުލާސާ

ރ. އުނގޫފާރުގެ މަގެއްގައި ހަރުކޮށްފައިހުރި މަގުބައްތިއަކުން ފެނުގެ ތެރެއަށް ކަރަންޓް ލީކުވުމުގެ ސަބަބުން 23 މޭ 2024 ގައި 2 ކުއްޖަކާއި ޒުވާނެއް ކަރަންޓުގައި ޖެހި، ޒުވާނާ ނިޔާވެފައިވާ ޙާދިސާގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރެވި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިހުމާލެއްވެފައިވޭތޯ ކަށަވަރުކުރުމަށް ޗިލްޑްރަންސް އޮމްބަޑްޕަރސަންގެ އޮފީހުން ކުރިއަށް ގެންދިޔަ ތަޙްޤީޤްގައި، އެ އޮފީހުން ފާހަގަކުރައްވާފައިވާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނުގައި އިޞްލާޙްކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުން ކުރުން ލާޒިމްކުރާ ކަންކަން އިޞްލާޙްކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ބަޖެޓް (ކޮންޑިޝަނަލް ގްރާންޓެއް) ހަމަޖައްސަވައިދެއްވުމަށް އެދި 17 ސެޕްޓެންބަރު 2024 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީ ކޮށްފައިވާ ސިޓީ

މިހާރު އޮތް ހިސާބް

21 އޮކްޓޯބަރު 2024 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA