ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 6

ތާރީޚް

27 ނޮވެމްބަރު 2024

ސްޓޭޓަސް

ކުރިޔަށް ދަނީ

ސްޓެލްކޯ، ވެމްކޯ، އާރު.ޑީ.ސީ އަދި ފެނަކަިގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހަޅުއްވާފައިވާ މައްސަލަ.

ޚުލާސާ

1. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ) ގެ ކުރީގެ މެނޭޖްމަންޓުން، ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނަށް (DEC) 14 ސެޕްޓެންބަރު 2023 ގައި ބަދަލުގެ ގޮތުގައި 7,888,165.97 (ހަތްލިމިއަން އަށްލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް ފަހެއް ޕޮއިންޓް ނުވައެއް ހަތެއް) އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެ، މިނިސްޓްރީ އޮފް ފިނޭންސްގެ އެންގެވުމާ ޚިލާފަށް ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު، އެ އެގްރީމަންޓްގެ ދަށުން ދޭންޖެހޭ ފައިސާ ދިނުން އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން މެދުކަނޑާލާފައިވާތީ، އެ މައްސަލަ މި ކޮމިޓީން ވަނީ ދިރާސާކޮށް ނިންމާފައެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް އަންނަނިވި ލަފާތައް ދިނުމަށް 27 ނޮވެންބަރު 2024 ގައި ބޭއްވުނު މި ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. 1. އިސްވެ ދެންނެވުނު މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާތީ، މި މައްސަލައިގައި ސްޓެލްކޯއިން ޢަމަލުކުރަންވީ ގޮތެއް ނިންމުމަށްފަހު ވީހާވެސް އަވަހަކަށް އެ ކުންފުންޏަށް އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމަށް ފެންނަކަމަށް؛ އަދި، 2. ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން 36 މަހަށް ބަހާލައިގެން ސްޓެލްކޯއިން ދައްކަން އެއްބަސްވެފައިވާ 219,115.72 (ދެލައްކަ ނަވާރަހާސް ސަތޭކަ ފަނަރަ ޕޮއިންޓް ހަތެއް ދޭއް) އެމެރިކާ ޑޮލަރު ދެއްކުން އެ ކުންފުނިން މިވަގުތަށް ހުއްޓާލާފައިވާއިރު، ނުދައްކާ ހުރި ޢަދަދަށް ކޮންމެ މަހަކު ވެސް ޖޫރިމަނާ އިތުރުވަމުންދާތީ، ކުންފުންޏަށް ލިބޭ މާލީ ގެއްލުން ކުޑަ ކުރުމަށް، އެގްރީމަންޓް ބާޠިލްކުރުމާ ގުޅޭގޮތުން ވަކިގޮތެއް ވީހާވެސް އަވަހަކަށް ނިންމުމަށް އެ ކުންފުނީގެ ބޯޑަށް ދެންނެވުމަށް ފެންނަކަމަށް.

މިހާރު އޮތް ހިސާބް

27 ނޮވެމްބަރު 2024 - ކުރިޔަށް ދަނީ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA