ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
މެންބަރުން
ކޮމިޓީ މަސައްކަތް
ކޮމިޓީ ބައްދަލުވުން
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަކީ، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނައިގެން އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 03 ޖޫން 2024 ގައި ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 02 ވަނަ ޖަލްސާގައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުންގެންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، އެ އިދާރާތައް ޖަވާބުދާރީކުރުވުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، ލަފާދިނުމާއި، އަދި އެ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކުރުމެވެ. އަދި ހަމައެހެންމެ، ޤައުމީ ސަލާމަތަށް އުނިކަމެއް އަންނާނެ ލިޔުމެއް ނުވަތަ ރެކޯޑަކީ ކޮބައިކަން ކަނޑައެޅުމުގެ މަސައްކަތްވެސް އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނިގެންވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 127 ވަނަ މައްދާގެ ދަށުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ އިދާރާތަކާ ގުޅޭގޮތުން ކޮމިޓީއާ މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތު އަދާކުރުން ހިމެނެއެވެ.
Nov
02
2 ނޮވެމްބަރު 2026
Oct
26
26 އޮކްޓޯބަރު 2026
Oct
21
21 އޮކްޓޯބަރު 2026
Oct
20
20 އޮކްޓޯބަރު 2026
Aug
12
12 އޯގަސްޓު 2026
21 އޮކްޓޯބަރު 2026
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 21 އޮކްޓޫބަރު 2026 ގައި ފޮނުއްވާފައިވާ ސިޓީ
ކުރިޔަށް ދަނީ
20 އޮކްޓޯބަރު 2026
ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން
ކުރިޔަށް ދަނީ
28 ސެޕްޓެމްބަރު 2026
މާލެ ސަރަޙައްދުގައި މަގުމަތީގެ އެކްސިޑެންޓް ގިނަވެފައިވާތީ އެކަމާގުޅޭގޮތުން ޖުޑީޝިއަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ގުޅިގެން އަޑުއެހުމެއް ބާއްވަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
28 ސެޕްޓެމްބަރު 2026
ސަރވިސް ޗަރޖްގެ ގޮތުގައި ނަގާ ފައިސާ ދިވެހިރުފިޔާއިން ދެމުންދާތީ، ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ މަސައްކަތް ކޮމިޓީން އަވަސްކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
14 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ވަދެއުޅެނިކޮށް ހިފަހައްޓާފައި އޮތް ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހި ހިނގާފައިވާ ހާދިސާއާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA