ވިސްލްބްލޯކުރުން

ވިސްލްބްލޯކުރުމަށް ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީން ބަލައިގަންނާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އޮފިސަރުންނާއި އިދާރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހާމަކުރާ ހުށަހެޅުންތައް އެކަންޏެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ އޮފިސަރަކު ނުވަތަ އިދާރާގެ މުވައްޒަފަކު ހިންގާފައިވާ ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަފާނެކަމަށް ބެލެވޭ ނޭދެވޭ ޢަމަލުގެ މަޢުލޫމާތު ހާމަކުރާއިރު، އެ ނޭދެވޭ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތާއި، އެ ނޭދެވޭ ޢަމަލުގެ މަޢުލޫމާތު އެނގޭ ފަރާތްތަކުގެ މަޢުލޫމާތާއި، ހާމަކުރާ މަޢުލޫމާތު ސާބިތުކޮށްދޭ ހެކިންގެ މަޢުލޫމާތު ނުވަތަ ލިޔެކިޔުން ހާމަކުރެވެން އޮތްނަމަ ހާމަކުރުމަށް އެދެމެވެ.

ވިސްލްބްލޯކުރާ ފަރާތްތަކަށް ނަން ހާމަނުކޮށް މަޢުލޫމާތު ހާމަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި، މިފަދައިން ނަން ހާމަނުކޮށް ހާމަކުރާ މަޢުލޫމާތުތައް ކޮމިޓީން ތަޙްޤީޤުކުރާނީ، އެ މަޢުލޫމާތެއް ތަޙްޤީޤުކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވާނަމައެވެ. އެހެންނަމަވެސް، ވިސްލްބްލޯކުރާ ފަރާތުން ހާމަކުރާ މަޢުލޫމާތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ކޮމިޓީން ވިސްލްބްލޯކުރާ ފަރާތާ ގުޅުމަށް ނުވަތަ އެ މަޢުލޫމާތުގެ ތަޙްޤީޤުގެ އަދާހަމަ ހޯދުމަށް ބޭނުންވާނަމަ، ވިސްލްބްލޯކުރާ ފަރާތުގެ ނަމާއި ކޮންޓެކްޓް މަޢުލޫމާތު ފޯމުގައި ހިމެނުމަށް އެދެމެވެ. އަދި، މިފަދައިން ވިސްލްބްލޯކުރާ ފަރާތުގެ ޒާތީ މަޢުލޫމާތު ހިމެނި ނަމަވެސް، އެ މަޢުލޫމާތުގެ ސިއްރުކަން ކޮމިޓީން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި، ޤާނޫނުން ލާޒިމުކުރާ ހާލަތްތަކުގައާއި ފަރާތްތަކަށް މެނުވީ އެ ވިސްލްބްލޯވަރެއްގެ ޒާތީ މަޢުލޫމާތު ކޮމިޓީން ހާމަނުކުރާނެ ކަމުގައި ދެންނެވީމެވެ.

ނަން ހާމަނުކޮށް

ހުށައަޅާ ފަރާތް
މައްސަލައިގެ މައުލޫމާތު
މައްސަލައާ ގުޅޭ ފައިލް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA