ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

6 ނޮވެމްބަރު 2019 14:15

ނަންބަރު

47

2019 ވަނަ އަހަރު 47 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުގައި ސުޕްރިމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޙުސައިން ފާއިޒް ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުން އެ ބޭފުޅާއާ ބައްދަލުކުރައްވައި، ހުށަހަޅުއްވާފައިވާ ސިޓީގައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މައްސަލަ ބައްލަވާތީ، މި މައްސަލަ ތަހްޤީޤްކޮށް ނިންމެވި ގޮތް މި ކޮމިޓީއަށް އަންގަވައިދެއްވުން އެދި ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ލިޔުމުން ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ހުށަހެޅޭ ބައެއް ކަހަލަ މައްސަލަތަކާ ގުޅިގެން ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ ޢާންމު އުޞޫލު ކޮމިޓީން އެންޑޯޒްކުރެއްވިއެވެ. މީގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ފަރާތުން މީހަކު އައްޔަންކުރެއްވުމަށް ކުރެއްވި އިއުލާނާ ގުޅިގެން ފޮނުއްވާފައިވާ މައްސަލަ ނިންމަވާނެ ސުންގަޑިއަކީ 14 ނޮވެމްބަރު 2019 ސުންގަޑި ކަމަށް ކޮމިޓީން ނިންމެވިއެވެ. އަދި، ޢާންމުންގެ ފަރާތުން ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން، ކޮމިޓީން ނިންމަވާފައިވާ އުސޫލުގެ ދަށުން ސިޓީތައް ނިންމުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA