ޖުޑީޝިއަރީ ކޮމިޓީ

2019 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

28 ނޮވެމްބަރު 2019 11:05 ނަންބަރު 56

ޚުލާސާ

މި ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް މަޤާމުން ވަކިކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. އެހެންނަމަވެސް، އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވުމުގެ ޖާގައެއް ނެތްކަމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ނިންމަވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްތަކެވެ. މިގޮތުން ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ، އިސްވެދެންނެވި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 10/2008(ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، އެ ޤާނުނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އަދި އެފަދަ މައްސަލަތައް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖުރާޢާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އަދި، ކޮމިޓީއަށް ހުށަހެޅި ސުންގަޑި ހަމަވެފައިވާ މައްސަލަތަކުގެ ސުންގަޑި 2 ޑިސެމްބަރު 2019 އަށް އިތުރުކުރުމަށް ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 މޭ 2020

ކޮމިޓީ އަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން.

ކޮމެޓީ މަސައްކަތް ނިމިފައި

29 ނޮވެމްބަރު 2019

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

16 އޮކްޓޯބަރު 2019

ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA