ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

20 އޯގަސްޓު 2019 14:20

ނަންބަރު

26

2019 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުން މަޖިލީހުން ކަނޑައަޅާ މީހަކު ހޮއްވެވުމަށްޓަކައި މަޖިލީހުން ކުރި އިއުލާނާ ގުޅިގެން، ޖުމްލަ 3 މެންބަރުން ކުރިމަތިލައްވާފައިވާތީ، އަލުން އިއުލާންކުރުމަށް ނިންމަވާ މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ތަޙުޤީޤުކުރުމަށް ޖޭ.އެސް.ސީން ފޮނުއްވާފައިވާ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީއިން ސާފުކުރެއްވުމަށް ބޭނުންފުޅުވި ކަންކަމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީގައިވާ މަޢުލޫމާތާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތަކަށް ޖަވާބުދެއްވުމުގެ މަސައްކަތްވެސް ކޮމިޓީއިން ކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA