ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

10 ޖޫން 2020 14:00

ނަންބަރު

7

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ ޕެޓިޝަންތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ. މި ގޮތުން، ކޮވިޑް-19 ގައި ވަޒީފާގެ ހާލަތަށް ބަދަލުއައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ބާރުވެރިކުރުވަން ގޮވާލައި ހުށަހަޅުއްވާފައިވާ ޕެޓިޝަނުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. އަދި މި ޕެޓިޝަން ޢާންމުންގެ ޚިޔާލަށް ހުޅުވާލެއްވުމަށާއި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާ އަދި ކުންފުނިތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މި ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ބަލައިގަނެ ދިރާސާކުރައްވަމުން ގެންދަވާކަން ޢާންމުންނަށް އެންގެވުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA