ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

17 ޖެނުއަރީ 2021 12:00

ނަންބަރު

1

ޖުޑީޝިއަރީ ކޮމިޓީގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަށް ޤާނޫނާ ޚިލާފަށް 149 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ގދ.ހުޅުވާރުލު ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓުމުގެ ކުށުގައާއި އެކަމުގައި ބައިވެރިވުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރެއްވިއިރު އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެފައިނުވާތީއާއި، އެ މައްސަލައިގެ އިޚްތިޞާޞް ނެތް ކޯޓަކަށް އެ މައްސަލަ ހުށަހަޅުއްވާފައިވުމުންނާއި، އެހެން ކޯޓަކަށް އެ މައްސަލައިގެ ދަޢުވާކުރެއްވިއިރު އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް ޤާނޫނުން ލާޒިމުކޮށްފައިވާ މުއްދަތު ފާއިތުވެފައިވާކަމަށް މަޢުލޫމާތު ލިބޭތީއާއި، އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެފަދަ ބޮޑު މައްސަލައެއް ކޯޓުތަކުން ބޭރުކޮށް، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ކޯޓުން ޢަމުރުކުރައްވާފައިވާކަމަށް ބަޔާންކުރައްވައި، ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާ ނިންމަވާފައިވަނީ އިތުރަށް މައުލޫމާތު ސާފުކުރުމަށް ކޮމިޓީގެ ބައްދަލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވުމަށެވެ. މީގެ އިތުރުން މި މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާތީ، އެ ކޮމިޓީއާއެކު ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށްވެސް ކޮމިޓީން ނިންމިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 ޖެނުއަރީ 2021 - 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA