ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

2020 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

28 އޮކްޓޯބަރު 2020 09:30 ނަންބަރު 3

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވީ މި ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި އަދި ޚާއްޞަކޮށް، ވެހިކަލްތައް ގިނަވުމުގެ ސަބަބުން މާލެއަށް ކުރިމަތިވެފައިވާ މައްސަލައާއި، އެއްގަމު އުޅަނދުފަހަރު ޕާކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މާލެ ސިޓީ ކައުންސިލްގެ އިދާރާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. މި ހުށަހެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާއީދުކުރައްވައި ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޯގަސްޓު 2020

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/22)

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA