ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2021 11:10

ނަންބަރު

4

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރީގެ މިނިސްޓަރ އޮފް ޓުރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ފުރުން މަނާކުރުމުގެ އަމުރު ބާތިލްކޮށްފައިވާ މައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ މައްސަލަ މަޝްވަރާކޮށް، މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވުމަށް ނިންމެވިއެވެ. މީގެ އިތުރުން، ކޮމިޓީއަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA