ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2021 12:15

ނަންބަރު

2

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކޮށްފައިވަނީ ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތައް މިހާރު އޮޕަރޭޓްކުރަމުން ގެންދަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމުގައިވާތީ، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން، ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން، މި ހަފްތާގެ ތެރޭގައި ވަރކްޝޮޕްއެއް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައާމެދުއެވެ. އެގޮތުން، ވަރކްޝޮޕްއެއް ބޭއްވުމަށް ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ނިންމައި، ވަރކްޝޮޕްގައި ބައިވެރިވުމަށް އާންމު އިޢުލާނަކުން ފުރުޞަތު ހުޅުވާލުމަށާއި، ޓުއަރ ގައިޑުންނާއި، ޓުއަރ އެޖެންސީތަކަށް ވަރކްޝޮޕްގައި ބައިވެރިވުމަށް އީމެއިލްކުރުމަށާއި އަދި ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ކުރިމަތިވާ ދަތިތަކާއި، އެފަދަ ފަރާތްތަކުން އެއްވެސް ޝަކުވާއެއ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހަޅުއްވާފައިވާނަމަ، އެ މަޢުލޫމާތާއި، އެ ފަރާތްތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ ގޮތުން އެފަރާތްތަކުން އެ މިނިސްޓްރީއަށް އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރައްވާފައިވާނަމަ، އެ މަޢުލޫމާތާއި އަދި އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ މިނިސްޓްރީން އެއްވެސް މަޢުލޫމާތެއް އެއްކުރައްވާފައިވާނަމަ ނުވަތަ ދިރާސާއެއް ކުރައްވާފައިވާނަމަ އެ މަޢުލޫމާތު ލިޔުމުން ފޮނުއްވައި ދެއްވުމަށް އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވަން ނިންމިއެވެ. ވަރކްޝޮޕްގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުގެ ރެސްޕޯންސްއަށް ބެލުމަށްފަހު، ވަރކްޝޮޕް ބާއްވާނެ ތާރީޚަކާއި ގަޑިއެއް ކަނޑައެޅުމަށްވެސް ނިންމިއެވެ. އެއަށްފަހު، ކޮމިޓީއަށް ފޮނުވާފައިވާ އަހަރު ރިޕޯޓުތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެގޮތުން، އަހަރީ ރިޕޯޓު ދިރާސާކުރެއްވުމުގެ ގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހޯއްދަވާފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" އެ އިދާރާތަކަށް ފޮނުވައި، އެ އިންޑިކޭޓަރސްގެ މައްޗަށް އެކުލެވޭ ޕްރެޒެންޓޭޝަނެއް ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުމަށް އިދާރާތަކުގައި ދެންނެވުމަށް ނިންމައި، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA