ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2021

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

ޓުއަރ އޮޕަރޭޓަރުން، ޓުއަރ އެޖެންސީތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން، ވަރކްޝޮޕްއެއް ބާއްވައިދިނުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ.

ޚުލާސާ

ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތައް މިހާރު އޮޕަރޭޓްކުރަމުން ގެންދަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމުގައިވާތީ، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން، ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން، މި ހަފްތާގެ ތެރޭގައި ވަރކްޝޮޕްއެއް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ.

މިހާރު އޮތް ހިސާބް

16 ފެބްރުއަރީ 2022 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA