ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

6 ސެޕްޓެމްބަރު 2020 15:30

ނަންބަރު

18

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ "ކޮވިޑް-19އާ ގުޅިގެން ޢަމަލުކުރަމުންދާ އައު ގައިޑްލައިންތަކުގެ ސަބަބުން ރެސްޓޯރަންޓް، ކެފޭ އަދި އެހެނިހެން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާ ކަންބޮޑުވުންތަކަށް ލުޔެއް ހޯދުމަށްޓަކައި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ދިރާސާކުރުމެވެ. އެގޮތުން ޕެޓިޝަން ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، މާލޭ ވޯޓާ އެންޑް ސްވެރެޖް ކޮންޕެނީ، ދިރާގު އަދި އުރީދޫ އަށް ސިޓީ ފޮނުއްވައި މި ޕެޓިޝަނާ ގުޅޭގޮތުން އެ އިދާރާތަކުން ކަންކުރައްވާ ގޮތާއި ދެއްވެން އޮތް ލުއިތަކުގެ މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެން ދިއައެވެ. އެއަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA