ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

9 ފެބްރުއަރީ 2021 12:00

ނަންބަރު

1

2021 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ އައްސޭރި ޖަލުގައި ތިބި ޤައދީންގެ ކަންބޮޑުވުންތައް ޙިއްސާކުރައްވައި ފޮނުއްވާފައިވާ ޕެޓިޝަން ދިރާސާކުރުމުވެ. އެގޮތުން، އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން ކްލެމެންސީ ބޯޑާއި ޕެރޯލް ބޯޑާއި ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ހިރާ ސުކޫލުގެ ދަރިވަރުންގެ ފީ ސަބްސިޑައިޒް ކޮށްދެއްވުމަށާއި، ހެދުނުގެ ނާސްތާ ޕްރޮގްރާމް އަދި ސަރުކާރުން ފޯރުކޮށްދޭ ސްޓޭޝަނަރީ އެ ސްކޫލުގެ ދަރިވަރުންނަށްވެސް ފޯރުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން ދިރާސާކުރުމެވެ. އެގޮތުން، އެ ޕެޓިޝަން ހުށަހެޅުއްވި ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި އެ ޕެޓިޝަނާ ގުޅިގެން މިނިސްޓަރ އޮފް އެޑިޔުކޭޝަންއާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA