ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

10 މާރިޗު 2021 11:30

ނަންބަރު

9

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

ފުރަތަމަ ކުރިއަށް ގެންދެވީ، އެކްސްޕެޓް ސިސްޓަމްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އުސޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކަމާގުޅޭ ކުންފުނިތަކުން ދިމަވާ ދަތިތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ހިއްސާކުރައްވާފައިވާތީ، އެ ކަން ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ފަރާތްތަކާއި، ކަމާއި ގުޅުން ހުރި އިތުރު ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތައް މިހާރު އޮޕަރޭޓްކުރަމުން ގެންދަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމުގައިވާތީ، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން، ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން، ވަރކްޝޮޕްއެއް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލަ ނިންމުމުގެ ކުރިން ހޮޓަލިއާރސް (ރިޒޯޓް އަދި ހޮޓާ ހިންގާ ފަރާތްތައް) އާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA