އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

24 މާރިޗު 2021 12:30 ނަންބަރު 15

ޚުލާސާ

މި ބައްދަލުވުމުގައި، ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅާފައިވާ މައްސަލައިގެ ސުންގަޑިއަކީ 31 މާރިޗު 2021 ކަމުގައި ކަނޑައަޅައި ރެސްޓޯރަންޓް އެސޯސިއޭޝަންއާ ބައްދަލުކުރުމަށް ނިންމިއެވެ. އަދި އެ މައްސަލައިގެ މަޝްވަރާތަކުގެ ތެރެއިން ޓެކްސީ ވިޔަފާރިއަށާއި ދިވެހި ޓެކްސީ ޑްރައިވަރުންނަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލާ ޢާއިޝަތު ނަހުލާއާއި ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަންއާ ބައްދަލުކުރުމަށްވެސް ނިންމިއެވެ. ނަމަވެސް މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަކި މައްސަލައެއްގެ ގޮތުގައެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމުން އެމް.އެމް.ޕީ.އާރު.ސީގެ ރަށްތަކުގެ އެއްބަސްވުންތައް ދޫނުކުރެއްވި މައްސަލައިގައި، މަޖިލީހުގެ އިހްތިސާސްގެ ތެރެއިން ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވައި ދެއްވުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮނުވާފައިވާ ނަންބަރު 460-BU/57/2021/6 (15 މާރިޗު 2021) ސިޓީއާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެގޮތުން، ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށާއި އެ ޤާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަކަށް ޢަމަލުނުކޮށްފިނަމަ ޢަމަލުކުރާނެގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އެ ޤާނުނުގެ މަޤްޞަދުތައް ހާސިލުކުރުމަށް އެ ޤާނޫނުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ދެންނެވުމަށް ނިންމަވާފައިވެއެވެ. އަދި، 2019 އަދި 2020 ވަނަ އަހަރު ސަރުކާރުން ޖޫރިމަނާ މާފުކޮށްދީފައިވާ ފަރާތްތަކާއި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވުމުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާތަކާއި، ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން މަޢާފުކޮށްދީފައިވާ ޢަދަދާއި، ފަރާތްތަކާއި، ސަބަބުތައް ވަކިވަކިން އެނގޭނެގޮތަށް އަލުން މިނިސްޓްރީ އޮފް ފިނޭންސުން މަޢުލޫމާތު ހޯއްދެވުމަށް ނިންމިއެވެ. އަދި އެ މިނިސްޓްރީން އެ މަޢުލޫމާތުތައް ބަލަހައްޓަމުން ނުގެންދާނަމަ، ދައުލަތުގެ ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޢުލޫމާތު ހޯއްދެވުމަށްވެސް ނިންމެވިއެވެ. އެންމެފަހު ކަމަކަށް ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލައާ މެދުއެވެ. އެގޮތުން ފްރެއިޓް ފޯވަރޑިންގގެ ޚިދުމަތްތައް ރެގިއުލޭޓްކުރެވޭނެ ގޮތެއް ކަނޑައަޅައި، ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-115 (ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގެ ޚިދުމަތްތައް) (26 ނޮވެންބަރު 2020) އާ ގުޅޭގޮތުން އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހޯދުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 މާރިޗު 2021

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

15 މާރިޗު 2021

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

28 ފެބްރުއަރީ 2021

2019 އަދި 2020 ވަނަ އަހަރު ސަރުކާރުން ޖޫރިމަނާ މާފުކޮށްދީފައިވާ ފަރާތްތަކާއި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

8 އޭޕްރީލު 2020

ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައި ސިޓީ

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA