ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2021 10:00

ނަންބަރު

19

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ޓެކްސީ ވިޔަފާރިއަށާއި ދިވެހި ޓެކްސީ ޑްރައިވަރުންނަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ދިވެހި ޑްރައިވަރުންގެ ޖަމިޢިއްޔާގެ ބޭފުޅުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ. ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: 1. 2013 ގައި ގެޒެޓްކުރައްވާފައިވާ ޓެކްސީ ގަވާއިދަށް އަމަލުކުރަން ނުފަށައި، ކޮވިޑް-19 ގެ ޕެންޑެމިކް ތެރޭގައި އަމަލުކުރަން ފަށާފައިވާތީ އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާކަމަށް؛ 2.ޓެކްސީ ގަވާއިދުގެ ދަށުން، ޓެކްސީތަކުގެ ބިއްލޫރިތައް ހުދު ބިއްލޫރިއަށް ބަދަލުކުރުމަށް ޖެނުއަރީ 2021 އިން ފެށިގެން 6 މަސް ދީފައިވާއިރު، މި މުއްދަތުގެ ތެރޭގައި ފަހުގެ ބްރޭންޑް ތަކުގެ ކާރުތަކުގެ ބިއްލޫރިތައް ބަދަލުކުރުމަށް ދަތިތައް ކުރިމަތިވަމުން ދާކަމަށް؛ 3.ރަޖިސްޓްރީ ކުރަން ހުށަހަޅާ ގިނަ ޓެކްސީތައް ބިއްލޫރީގެ ސަބަބުން ރިޖެކްޓް ކުރަމުންދާކަމަށް؛ 4.ޓެކްސީ ދަތުރުތަކުގެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލު އެނގެން ނެތްކަމަށް؛ 5.ޓެކްސީގެ އަގުތައް ކަނޑައެޅުމުގެ ގޮތުން މީޓަރ ސިސްޓަމްއަށް ދިއުމަށް ނިންމުމަށްފަހު، އެ ނިންމުން ބަދަލުކޮށް ފިކްސްޑް އަގުތަކެއް ކަނޑައަޅާފައިވާކަމަށް؛ 6.ޓެކްސީތަކުން މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރުތައް ނެގުމަށް ޓްރެފިކް ގަވާއިދުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވަމުންދާކަމަށް؛ 7.މޮނިޓަރިންގ ނިޒާމެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުން އެއްފަރާތަކުން ކުރާ ކަމެއްގެ ސަބަބުން ހުރިހާ ފަރާތްތަކަށް އެކަމުގެ ގެއްލުން ވަމުންދާކަމަށް؛ 8.ކުރިން ޓެކްސީ އިންސްޕެކްޓްކުރަމުން ދިޔަ އުސޫލުން މިހާރުވެސް ޓެކްސީތައް އިންސްޕެކްޓް ކުރަމުންދާކަމަށް ވާނަމަ ޓެކްސީތަކުގެ ފެންވަރު ހިފެހެއްޓޭނެ ކަމަށް؛ 9.ކާރު ޕާކިންގގެ ގޮތުގައި ކުއްޔަށް ނަގާފައިވާ ޕާކިންގެ ބަދަލުގައި ޖަމްއިއްޔާއަށް ވަކި ބިމެއް ލިބޭނެ މަގެއް ހަމަޖައްސައިދެއްވުމުން ޓެކްސީ ޕާކިން މައްސަލައަށް ޙައްލު ލިބިގެންދާނެކަމަށް؛ 10.ޕެންޝަން ސްކީމްގައި ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ބައިވެރި ކޮށްފައިވާއިރު އެފުރުޞަތު ޓެކްސީ ދުއްވާފަރާތްތަކަށް ލިބިފައި ނުވާކަމަށް؛ 11.ޓެކްސީ ޑްރައިވަރުންނަށް ބޭންކުތަކުން ދޫކުރާ ލޯން ސްކީމްތަކުގައި ބައިވެރިވެވޭނެ އުސޫލެއް ކަނޑައެޅިފައި ނެތްކަމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA