ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

6 އޭޕްރީލު 2021 10:00

ނަންބަރު

20

2021 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ސުންގަނޑި ހަމަވެފައިވާ ބިލު ތަކުގެ ސުންގަނޑި އިތުރުކުރުމުގެ މަސައްކަތެވެ. އެ ގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދުކުރައްވާފައިވަނީ ތިރީގައިވާ 2 ބިލު ނިންމާނެ ސުންގަނޑިއަކީ 1 ސެޕްޓެމްބަރު 2021 ކަމުގައެވެ. ކޮމިޓީގެ މެންބަރުންގެ އައުލަބިއްޔަތުން މިގޮތައް ފާސްކުރެއްވިއެވެ. 1. ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު އަދި 2. އެއްމެދު ޢިމާރާތުގެ ބިލު. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ދިރާސާކުރެއްވުމެވެ. އެ ގޮތުން ބިލުގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ އިސްލާހް ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 ޖުލައި 2020 - ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު
18 މާރިޗު 2020 - އެއްމެދު ޢިމާރާތުގެ ބިލު
4 މާރިޗު 2020 - ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA