ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

26 އޭޕްރީލު 2021 12:00

ނަންބަރު

21

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީން އެކި މައްސަލަތަކާއި ގުޅިގެން ބައްދަލުކުރުމަށް ނިންމާފައިވާ ފަރާތްތަކާއި ބައްދަލުކުރާނެ ތާރީޚާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން، ބައްދަލުކުރުމަށް ކޮމިޓީން ނިންމާފައިވާ ފަރާތްތަކާއި އަދި ކޮމިޓީއާއި ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ފަރާތާއި ރިސެސް ނިންމައި ދެން ފެށޭ ދައުރުގައި ބައްދަލުކުރުމަށް ނިންމެވިއެވެ. އަދި ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން އޮފް ޓުއަރިޒަމް އިން ފައްޓަވާފައިވާނަމަ، އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލް އަދި އެފަދަ ޤާނޫނެއް މިހާތަނަށް އެކުލަވާލުމުގެ މަސައްކަތް ފެށިފައިނުވާނަމަ، އެ ފަދަ ޤާނޫނުއެއް އެކުލަވާލައި އެންމެ އަވަހަށް ފޮނުވޭނެ ތާރީޚެއް އެ މިނިސްޓްރީން ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، 2019 އަދި 2020 ވަނަ އަހަރު ސަރުކާރުން ޖޫރިމަނާ މާފުކޮށްދީފައިވާ ފަރާތްތަކާއި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރުމެވެ. އެގޮތުން، 2019 އަދި 2020 ވަނަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ޖޫރިމަނާ މާފުކޮށްދެއްވުން އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ޢަދަދާއި، އެ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ މާފުކޮށްދެވިފައިވާ ފަރާތްތަކުގެ ޢަދަދާއި، މާފުކޮށްދެވިފައިނުވާ ފަރާތްތަކުގެ ޢަދަދު އަދި ޖޫރިމަނާ މާފުކޮށްދެވިފައިނުވާ ފަރާތްތަކުގެ ޖޫރިމަނާ މާފުކޮށްދެވިފައިނުވާ ސަބަބު ސާފުކުރުމަށް ފަހު ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ރިޕޯޓު އެކުލަވާލެއްވުމަށް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA