ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

28 އޭޕްރީލު 2021 12:00

ނަންބަރު

23

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅާފައިވާ މައްސަލައެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ ހުށަހެޅުންވުން މިމައްސަލައާއި ގުޅިގެން ސާފުކުރެވުނު މައުލޫމާތުތަކުގެ އަލީގައި އެކުލަވާލައިފައިވާ ރިޕޯޓް ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން (11/8) އިން ފާސްކުރެއްވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލައާއި ގުޅިގެން އިމިގްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކޮށް، މިމައްސަލައާއި ގުޅިގެން މިހާރުވެސް ކުރިމަތިވަމުންދާ މައްސަލަ ތަކާ (އިމިގްރޭޝަން އިން މައުލޫމާތު ޙިއްސާ ނުކުރުން) ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. ތިން ވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުދި މެދު ފަންތީގެ ވިޔަފާރިތަކެއްގެ ހައިސިއްޔަތުން، މިވަޤުތު ދިވެހިރާއްޖޭގެ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ސިނާޢަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް މިވަގުތު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅިގެން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ޖަވާބާމެދު ކޮމިޓީގެ މެންބަރަކު އިޢުތިރާޒްކުރުމުން މިމައްސަލަ ކޮމިޓީއަށް ހުށަހަޅައި، ކޮމިޓީން ގޮތެއް ނިންމެވުމެވެ. އެގޮތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ، މިހާރު ވެސް މިމައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅުއްވި ފަރާތައް ދިނުމަށް ތައްޔާރުކުރައްވާފައިވާ ޖަވާބު އެފަރާތައް އެރުވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA