ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

28 އޭޕްރީލު 2021 14:00

ނަންބަރު

24

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ހދ.ނާގޯށި ތަރައްޤީކުރުމުގެ ފުރުޞަތު އަލުން ދިނުމަށް އެދި ތްރީ ކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ އީމެއިލްއާ މެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން އެމް.ޓީ.ޑީ.ސީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، އެ މަޢުލޫމާތުތައް ތއެ ފަރާތާ ހިއްސާކުރުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެ ފަރާތުން އިތުރަށް މަޝްވަރަކުރައްވަން ބޭނުންފުޅުނަމަ އެމް.ޓީ.ޑީ.ސީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން މަޝްވަރާކުރުމަށް ދެންނެވުމަށްވެސް ނިންމެވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮވިޑް-19 ގެ ލޮކްޑައުންތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށުގައި މަސައްކަތްކުރަމުންދިޔަ ދިވެހި މުވައްޒަފުން ވަޒީފާ ގެއްލިފައިވާ މައްސަލަ އެމްޕްލޮއިމަންޓް ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށާއި، އެ ރިސޯޓުން ކްރިސްމަސް ނިއުއިޔަރ އަށް 200 ބިދޭސީން ރިކްރޫޓްކޮށްފައިވާކަމަށް ބަޔާންކޮށް އެ މައްސަލަ ޙައްލުކޮށްދިނުމަށްއެދި ލުތުދީ އާދަމް، ރަންމުތީގެ/ގއ. ވިލިނގިލި ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން ފޮނުވާފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، އެ ފަރާތުން އެމްޕްލޮއިމަންޓް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ނިންމެވިއެވެ. ތިން ވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ގދ.އަމާރީ ރިޒޯޓުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ކަރަންޓީނުގެ މުއްދަތުގައި ސަރވިސް ޗާޖް ނުލިބޭގޮތަށް ހަމަޖައްސާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ޢަލީ ޖަވާދު. ޖީޒާ/ ސ.ފޭދޫ ފޮނުވާފައިވާ ސިޓީ އާ މެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފޮނުއްވާފައިވާ މަޢުލޫމާތު އެ ފަރާތާ ހިއްސާކުރުމަށް ނިންމަވައި މި މައްސަލަ ނިންމެވިއެވެ. އެންމެ ފަހުކަމަކަށް މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާހުގެނައުމުގެ ބިލު ގެ ސުންގަޑި ކަނޑައެޅުއްވުމެވެ. އެގޮތުން، ބިލު ނިންމާނެ ސުންގަޑިއަކީ 30 ޖޫން 2021 ކަމުގައި ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA