މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

25 އޭޕްރީލު 2021 12:02 ނަންބަރު 23

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގައި ކައުންސިލްގެ އެންމެ އިސް އިދާރީ މަޤާމަކީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، އެ މަޤާމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ހަމަޖެއްސި މުސާރައާއި ޢިނާޔަތްތަކަކީ ކައުންސިލްގެ އިންތިހާބީ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތަކާ ގުޅުންހުރި މުސާރައާއި ޢިނާޔަތްތަކެއް ކަމުގައިވާތީ، އެ މަޤާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް ހިމަނުއްވައި ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާ ކުރެއްވިއެވެ. އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ހުށަހެޅުއްވި މުސާރައާއި ޢިނާޔަތްތައް ކައުންސިލަރުންނަށް ހަމަޖެއްސުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރައްވައި ކޮމިޓީން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 އޭޕްރީލު 2021

ކައުންސިލަރުންގެ އާ އޮނިގަނޑުގެ ދަށުން އިންތިޚާބުވެފައިވާ ކައުންސިލަރުންގެ މުސާރައާއި ޢިނާޔަތްތައް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA