ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

27 އޭޕްރީލު 2021 12:15

ނަންބަރު

25

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2020 ވަނަ އަހަރުގެ "އަހަރީ ރިޕޯޓް" 31 މާރިޗު 2021 ގެ ނިޔަލަށް ހުށަނާޅުއްވާ މުއައްސަސާތަކުގެ ލިސްޓާއި، ޤާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން "އަހަރީ ރިޕޯޓް" ފޮނުއްވި ފަރާތްތަކުގެ ތެރެއިން 08 އެޕްރީލް 2021 ގެ ނިޔަލަށް "އަހަރީ ރިޕޯޓް" ހުށަހެޅުއްވި މުއައްސަސާތަކުގެ ލިސްޓް، 18 އެޕްރީލް 2021 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާތީ، އެ ސިޓީއާމެދު މަޝްވަރާކުރައްވައި، މިކަމާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. 2. އެއަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓާމެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA