އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

7 އޮކްޓޯބަރު 2019 14:00 ނަންބަރު 34

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، އިޤްތިޞާދީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ 5 ބިލު ( މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު، އިންކަމް ޓެކްސް ނެގުމުގެ ބިލު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު، ޖޮބް ސީކަރޒް އެލަވަންސް ބިލު އަދި ފޮރެސްޓްރީ ބިލު) ގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވުމަށް ދަންނަވައި، ފޮނުއްވާފައިވާ ސިޓީތަކާމެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، ކޮމިޓީގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރައްވައި، ބިލުތަކުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ތަރުތީބެއް ކަނޑައެޅުއްވިއެވެ. އެއީ، 1. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު 2. ޖޮބް ސީކަރޒް އެލަވަންސް ބިލު 3. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު 4. ފޮރެސްޓްރީ ބިލު 5. އިންކަމް ޓެކްސް ނެގުމުގެ ބިލު އަދި ބިލުތަކުގެ މަސައްކަތް ކުރުމަށްޓަކައި ސަބް ކޮމިޓީތަކެއް އެކުލަވާލައްވައި ކޮންމެ ސަބް ކޮމިޓީއެއްގައި 3 މެންބަރުން ހިމެނުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ކޮމިޓީ ގެ އެއްވެސް މެންބަރެއް އިއުތިރާޒު ނުކުރައްވާތީ ވަނީ ފާސްވެފައެވެ. މީގެ އިތުރުން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަށް ރާއްވަވާފައިވާ ބިލުތަކުގެ ތެރެއިން، ކޮމިޓީއަށް ފޮނުވިފައިވާ ބިލުތަކުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި އެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ތާރީޚެއް އެޓާރނީ ޖެނެރަލްގެ އޮފީހުން ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 އޮކްޓޯބަރު 2019

ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA