އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

8 އޮކްޓޯބަރު 2019 11:00 ނަންބަރު 35

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިޤްތިޞާދީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ 5 ބިލު ( މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު، އިންކަމް ޓެކްސް ނެގުމުގެ ބިލު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު، ޖޮބް ސީކަރޒް އެލަވަންސް ބިލު އަދި ފޮރެސްޓްރީ ބިލު) ގެ މަސައްކަތްތައް ކުރުމަށް ސަބް-ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް، މަޖިލީހުގެ ރައީސް މިބިލުތަކުގެ ތެރެއިން ނިންމުމަށް އިސްކަންދޭ ތަރުތީބު ކަނޑައަޅުއްވައި ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެހެން ބިލުތަކުގެ މަސައްކަތް މަޑުޖައްސާލައި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލާއި ޖޮބް ސީކަރޒް އެލަވަންސް މި ދެބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އެގޮތުން މި ދެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2 ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމެވިއެވެ. މީގެ އިތުރުން، ކޮންމެ ސަބް-ކޮމިޓީއެއްގައި 5 މެންބަރުން ހިމެނުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރެއްވިއެވެ. އެގޮތުން، މެންބަރުން އިސްކަންދޭ ގޮތެއްގެ މަތިން 2 ސަބްކޮމިޓީ އެކުލަވާލެއްވިއެވެ. އެއީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ: 1. މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު 2. ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު 3. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް 4. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު 5. މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ޖޮބް ސީކަރޒް އެލަވަންސް ބިލު ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ: 1. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ 2. ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު 3. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 4. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ 5. ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ "ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް .... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ މަސައްކަތް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު، ބިލުގެ މަސައްކަތް މައި ކޮމިޓީން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އެޖެންޑާގެ އެހެނިހެން ގެ ދަށުން؛ ފުރަތަމަ ކަމަކަށް ގެންދެވީ، އަމިއްލަ ފަރާތެއް ކަމުގައިވާ އަލްފާޟިލް ޢަބްދުއްރަޙްމާން ޢަބްދުލްޙަކީމް، މާދުނި/ ނ.ވެލިދޫ ފޮނުއްވާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެންބަރު ތާއީދު ކޮށް ހުށަހަޅުއްވާފައިވަނީ، މި މައްސަލައަކީ ސިވިލް ކޯޓުން ޙުކުމެއްކޮށްފައި، މިހާރު ހައިކޯޓަށް އިސްތިޢުނާފަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށްވާތީ، ކޮމިޓީން މިމައްސަލަ ނުބެލުމަށެވެ. ދެވަނަ ކަމަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލަށް މިނިސްޓްރީ އޮފް އިކޮނިމިކް އިން ގެންނަވަން ފެންނަ އިޞްލާޙުތައް ފޮނުވުމުގެ މުއްދަތު ނޮވެމްބަރު 2019 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދި ފޮނުވާފައިވާތީ، އެ ގޮތަށް އެ ގޮތަށް އެ ފުރުޞަތު އެބޭފުޅުންނަށް އިތުރުކުރުމުގެ މައްސަލައެވެ. ކޮމިޓީން މި ބިލު ނިންމާނެކަމަށް ކަނޑައަޅާފައިވާ ސުންގަޑި އަކީ 31 އޮކްޓޫބަރު 2019 ކަމަށް ކަނޑައަޅާފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކްއިން ބިލަށް ގެންނަން ފެންނަ އިޞްލާހު ފޮނުވުމުގެ މުއްދަތު އިތުރުކުރުމުން މި ތާރީޙަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމޭނެ ކަމަށް ނުބެލެވޭތީ، އެބޭފުޅުންނަށް އިސްލާހު ހުށަހެޅުމަށް މުއްދަތު ދިނުމަށްފަހުގައި، ބިލުގެ ސުންގަޑި އަކީ 26 ފެބްރުއަރީ 2020 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ނޮވެމްބަރު 2019

ޤާނޫނު ނަންބަރު 18/2014(ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

5 އޮކްޓޯބަރު 2019

ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް

ކޮމެޓީ މަސައްކަތް ނިމިފައި

24 އޯގަސްޓު 2019

އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

10 ޖުލައި 2019

ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA