ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

1 ޖޫން 2021 14:00

ނަންބަރު

31

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި، ޓެކްސީ ވިޔަފާރިއަށާއި ދިވެހި ޓެކްސީ ޑްރައިވަރުންނަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރަށްވައި މައުލޫމާތު ސާފުކުރެއްވިއެވެ. މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: - ގުޅިފަޅު ތަރައްޤީކޮށް މާލެއާއި ގުޅާލުން ފަދަ ބޮޑެތި ޕްރޮޖެކްޓްތަށް ނިމުމުން އެއަރޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށް. - މީޓަރަށް ބަލައި ޓެކްސީ ދަތުރުތަކަށް އަގު ހަމަޖެއްސުމަކީ މިހާރަށް އެންމެ އެކަށީގެންވާ ކަމެއް ކަމަށް ނުފެންކަމަށްވާތީ، އަގުތަކެއް ކަނޑައެޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެހެންހިނެ މުއައްސަސާތަކާއި މަޝްވަރާކުރެވިގެންކަމަށް. - މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޙިދުމަތް ފެށުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމަށް. އެގޮތުން، ޔޫން އަދި އިންޑިއަން އެއިޑް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި މިނީ ބަސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް. - ޓެކްސީތަކުގެ ފަހަތު ސީޓުގެ ބިއްލޫރި ބަދަލުކުރަން ނިންމާފައިވަނީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައިކަމަށް. - މިނިސްޓްރީން ޖަވާބު ނުދީ ސިޓީއެއް ނުވާނެކަމަށާއި، ޓެކްސީ ސެންޓަރުތަކުގައި ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް ސިޓީތަކުގެ ޖަވާބު ނުލިބިވާކަމަށް ވިދާޅުވާ ސިޓީތަކުގެ ކަންކަން ބަލަމުންދާކަމަށް. - އެއްގަމާ، ކަނޑާއި ވައިގެ ޓްރާންސްޕޯޓާއި ގުޅޭ ގިނަ ގަވާއިދުތަކެއް ހެދި ބައެއް ގަވާއިދުތައް ގެޒެޓްކުރުމަށް ފޮނުވި، ބައެއް ގަވާއިދުތައް އެޓާރނީ ޖެނެރަލް އޮފީހުގެ ލަފާއަށް ފޮނުވިފައިވާއިރު ބައެއް ގަވާއިދުތައް ޑްރާފްޓް ކުރެވި އަދި ޑްރާފްޓްކުރުމުގެ މަރުހަލާގައި ވެސް ގަވާއިދުތައް ވާކަމަށް. - ސިވިލް އޭވިއޭޝަން މިންގަޑުތަކަށް ބަލައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ހުއްދަ ދެމުންދާކަމަށާއި، ޕެސެންޖަރ ރައިޓްސް ބިލެއް އައުމުން އޭވިއޭޝަން ދާއިރާގެ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަމަށް. - ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ސިޔާސީ އެޕޮއިންޓީ އެއް އައްޔަންކުރެވި ޓެކްސީ ސެންޓަރުތަކުގެ ކަންކަން ގާތުން ބަލަމުންދާކަމަށް. - ސެންޓްރަލް އެއް ސިސްޓަމް މެދުވެރިކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ލައިސަންސް ނެގުމުގެ ހިދުމަތްދެމުންދާކަމަށާއި، އަތޮޅުތަކުން ނަގާ ލައިސަންސްތައް އިތުރު ޓެސްޓަކާއި ނުލައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރެވޭނެކަމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA