ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

26 އޭޕްރީލު 2021 11:15

ނަންބަރު

28

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން، މުދަލާއި ޚިދުމަތް ހޯދުމުގައްޔާއި، ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ ކުންފުނީގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލައްވާފައިވާ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ކަންތައްތަކާ ގުޅޭގޮތުން 13 ކަމެއް އިޞްލާޙު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުންފުންޏަށް އަންގަވާފައިވާކަމަށް ކޮމިޓީއަށް މަޢުލޫމާތު ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އިޞްލާޙު ކުރެއްވުމަށް އަންގަވާފައިވާ ކަންތައްތަކުގެ ތަފްޞީލު ހޯއްދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA