ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2021 13:00

ނަންބަރު

113

2021 ވަނަ އަހަރުގެ 113 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ ނައިބު މުޤައްރިރު އިސްތިއުފާ ދިނުމާގުޅިގެން އެ މަޤާމަށް މެންބަރަކު ހޮއްވެވުމުގެ މަސައްކަތެވެ. އެ ގޮތުން އެ މަޤާމަށް މެންބަރަކު ހޮއްވެވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ހުށަހަޅުއްވާ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމްގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮޓަރިއާއި، ނައިބު ރައީސްގެ ކޮޓަރިއާއި މަޖިލީހުގެ ކޮމިޓީކުރާ ކޮޓަރިތަކުގައި ސިއްރުން އަޑު ރެކޯޑުކުރެވޭފަދަ އާލާތެއް ހަރުކޮށްދިނުމަށް ފުލުހަކު މަޖިލީހުގެ އިދާރާގެ ސްޓާފެއް ގާތު އެދުނު މައްސަލައާގުޅޭ ރިޕޯޓު ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA