ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

6 ސެޕްޓެމްބަރު 2021 12:00

ނަންބަރު

12

2021 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ "ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި، އެތަނުގައިހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅާ ޕެޓިޝަން" ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން މި ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މި ޕެޓިޝަނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީއާއި އެ އޮފީހުގެ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ބައްދަލުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ބައިވެރިވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެން ދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA