ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2021 14:05

ނަންބަރު

33

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުގެ އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުންތައް ފާހަގަކުރައްވާ ފޮނުއްވާފައިވާ ރިޕޯޓުގައިވާ ފާހަގަކުރައްވާފައިވާ ކަންތައްތައް އިސްލާޙުކުރައްވާފައިވާކަމަށް ކުންފުނިތަކުން މަޢުލޫމާތު ލިބިފައިވާތީއާއި އަދި މި ރިޕޯޓަކީ 2019 ގެ ރިޕޯޓަކަށްވާތީ، މިހާރު ގިނަ ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުސޫލުތައް ބަދަލުވެފައިވާނެކަމަށް ފެންނާތީއާއި އަދި ވަކިވަކި ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުސޫލުތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދާތީ، މި ރިޕޯޓް ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ބެލުމަށް ދެން އޮތް ކޮމިޓީއެއްގައި އެޖެންޑާ ކުރުމަށް ނިންމެވިއެވެ. އަދި، އެހެނިހެންގެ ތެރެއިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މައި އޮފީހުގެ ތިޖޫރީން ތަކުރާރުކޮށް ވައްކަންކޮށްފައިވާ މައްސަލަ ބެލުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހެޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ބަލައިގަންނަން ނިންމިއެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއިން ވިއްކާ ބޭސްތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ ބެލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ބަލައިގަންނަން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA