ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

30 އޯގަސްޓު 2021 14:40

ނަންބަރު

34

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 34 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ ޕައެލެޓުން އިޙުތިޖާޖްކޮށްފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ޢަމަލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާފައިވާ ހިއުމަން ރިސޯސް ޕޮލިސީއަށް ކުންފުނިތަކުން ޢަމަލުކުރަމުންދާ މިންވަރާ ގުޅޭގޮތުން އެ ބޯޑުން ފާހަގަކޮށްފައިވާ ކަންތައްތައް ހިމަނައިގެން ރިޕޯޓް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެއަށްފަހު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިކްރާމް އެ ކުންފުނީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކޮށްވާތީ، އެ މައްސަލަ ބައްލަވައިދިނުމަށް އެދި ފޮނުއްވާފައިވާ ސިޓީ އަށް ޖަވާބު ދެއްވުމަށް ނިންމެވިއެވެ. މިގޮތުން ކުންފުނީގެ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެއްބާރުލުންދީފައިނުވާތީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތުން ކޮމިޓީއިން މި މައްސަލަ ބެލެން ނެތް ވާހަކައާއި އަދި މިފަދަ މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިފައިވާ އިދާރާއަކަށް ހުށަހަޅައިގެން މި މައްސަލަ ކުރިޔަށް ގެންދިއުމުގެ ޙައްޤު އެ ފަރާތަށް ލިބިގެންވާކަމަށް އެންގުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
9 މާރިޗު 2021 - މޯލްޑިވިއަންގެ ޕައެލެޓުން އިހުތިޖާޖު ކުރައްވާފައިވާ މައްސަލަ ބެލުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA