އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

3 ޑިސެމްބަރު 2019 12:00 ނަންބަރު 56

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ގިނަ ޢަދަދެއްގެ ޔޮޓުފަހަރު ކުރިން ބަނދަރުކުރަމުންދިޔަ ހއ.އުލިގަމުގައި ޔޮޓް ބަނދަރުކުރުން، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އަންނަނިވި ބޭފުޅުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވުމެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސްގެ ފަރާތުން: ނަން މަޤާމް 1. އަލްފާޟިލް މުޙައްމަދު ނަޝީދު ރައީސް 2. އަލްފާޟިލް މުޙައްމަދު ރިޔާޒް ނައިބު ރައީސް 3. އަލްފާޟިލް މުޙައްމަދު ޝަހީރު ޓްރެޜަރަރ 4. އަލްފާޟިލް އަޙްމަދު ނައުޝާދު އޯގަނައިޒިންގ ސެކްރެޓަރީ 5. އަލްފާޟިލް ޢަބްދުﷲ ޖަލީލް ސްޕޯކްސްމަން 6. އަލްފާޟިލް މުޙައްމަދު ޢަލީ ސެކްރެޓަރީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން: ނަން މަޤާމް 1. އަލްފާޟިލް އައްސަދު ޢަލީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް 2. އަލްފާޟިލް ރާފިޢު މުޙައްމަދު އެގްޒެކެޓިވް ޑިރެކްޓަރ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ)ގެ ފަރާތުން: ނަން މަޤާމް 1. އަލްފާޟިލް ތަޒްމީލް ޢަބްދުއްޞަމަދު މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލް އިބްރާހީމް ލަޠީފް ޗީފް ފައިނޭންޝަލް އޮފިސަރ 3. ފާތިމަތު ތަހާނީ ޝިހާބު ޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް މިފަރާތްތަކާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ ބޭފުޅުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވިޔަސް، މި ބައްދަލުވުމުގައި މަޓާޓޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 ނޮވެމްބަރު 2019

ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން، މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA