ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

18 ނޮވެމްބަރު 2019 12:30

ނަންބަރު

49

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 49 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތަކާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން؛ 1. 54 އަހަރުގައި، ރިސޯޓަކުން ވަޒީފާއެއް ހޯދުމަށް ސީވީ ފޮނުވުމުން ޖަވާބުގައި 54 އަހަރުގެ މީހުންނަށް ވަޒީފާ ނުދޭން މިނިސްޓްރީ އޮފް ޓުއަރިޒަމް އަންގާފައިވާކަމަށާއި، ޤާނޫނުތައް އިޞްލާޙުކުރުމަށްފަހު، 54 އަހަރުވެފައި ތިބި މީހުންނަށް އެލަވަންސެއް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ގެ އިތުރު އެލަވަންސެއް ހަމަޖައްސަވައިދެއްވުން އެދި އަޙުމަދު ޒުހައިރު، ރަންފަރު/ ޏ. ފުވައްމުލައް ފޮނުއްވާފައިވާ މައްސަލަ؛ މި މައްސަލައާއި މެދު ކޮމިޓީން މަޝްވަރާކުރެއްވުމަށްފަހު، ނިންމެވީ ރިސޯޓަކުން ވަޒީފާއެއް ހޯދުމަށް ސީވީ ފޮނުވުމުން ޖަވާބުގައި 54 އަހަރުގެ މީހުންނަށް ވަޒީފާ ނުދޭން މިނިސްޓްރީ އޮފް ޓުއަރިޒަމް އަންގާފައިވާކަމަށް ބަޔާންކޮށްފައިވާ މައްސަލައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ސާފުކުރުމަށް ނިންމެވިއެވެ. އަދި އެ މައުލޫމާތު ކޮމިޓީއަށް ލިބުމުން އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިޖްތިމާޢީ ކޮމިޓީގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވާތީ، އެ ކޮމިޓީއަށް އެ މައްސަލަތައް ބެލުމަށް ފޮނުވުމަށެވެ. 2. މާލޭ ލޯކަލް މާރުކޭޓުން ގޮޅިތައް ދޫކުރާގޮތާއި، މާރުކޭޓުގައި ބިދޭސީން މަސައްކަތްކުރަމުންދިއުމާއި، ލޯކަލް މާރުކޭޓުގައި ދިވެހިރާއްޖޭގައި ހައްދާ ކާބޯތާކެތީގެ ބަދަލުގައި ދިވެހިރާއްޖޭން ބޭރުން އިމްޕޯޓްކުރާ މުދާ ވިއްކުމާއި، މާރުކޭޓް ޙާލަތު ހުރި ގޮތުން މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ދަތިތައް ކުރިމަތި ވަމުންދާތީ، އެ ޙާލަތު ރަނގަޅުކޮށްދެއްވުން އެދި އިބްރާހީމް ރަސީދު، ހެޕީވިލާ/ ތ. ކަނޑޫދޫ ފޮނުއްވާފައިވާ މައްސަލަ؛ މިމައްސަލައާއި މެދު ކޮމިޓީން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މި މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ. 3. ޤާނޫނު ނަންބަރު 2011/5 ( ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްދެއްވައި ޢާންމު ރައްޔިތުންނާއި އަދި ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ލުއިފަސޭހަ ވާނެ ގޮތެއްގެ މަތިން ޓެކްސް ދެއްކޭނެ ގޮތައް ޤާނޫނުތައް ބަދަލުކޮށްދެއްވުން އެދި އުޘްމާން ހަފީޘް، މުޝްތަރީގެ/ ހއ. ދިއްދޫ ފޮނުއްވާފައިވާ މައްސަލަ؛ މިމައްސަލަ އާއި މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ގޮތެއް ނިންމެވުމަށް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA