އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

02 ވަނަ ބައްދަލުވުން

3 އޮކްޓޯބަރު 2019 14:00 ނަންބަރު 2

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" އާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި ބިލާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ބޭފުޅުން ޖަވާބުދެއްވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސް: ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ ދަށުން ރާއްޖެއަށް ކެމިކަލް އެތެރެކުރާއިރު، މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ހޯދަންޖެހޭއިރު، މި ބިލު ޤާނޫނަކަށް ވުމުން ޤާނޫނު ތަންފީޛު ކުރާއިރު، ޑިފެންސް މިނިސްޓްރީން ބަލަންޖެހޭ ކަންކަމަށް މަގުފަހިވާ ގޮތައް ބިލު ބައްޓަންވެފައި އޮތުން މުހިންމު ކަމަށް ހާމަކޮށްފައިވެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް: ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓްކުރުމުގައި ދިމާވާ މައްސަލަތަކާގުޅުންހުރި ކަންކަމާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި ޤާނޫނު ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައިވެރިވުން މުހިންމު ކަމަށާއި، މި ގާނޫނުގެ ދަށުން ހަދާ ބޯޑުގައި އެ ތަނުގެ ފަރާތުން މުވައްޒަފެއް ހަމަޖެއްސުން މުހިންމުކަމަށާއި ބިލުގައި ޕެސްޓިސައިޑް މާނަކޮށްފައިވާއިރު، ވަރަށް ފުޅާދާއިރާއެއްގައި މާނަކުރެވޭއިރު، މި ބިލުގެ ދަށުން ހަދާ ގަވާއިދުގައި ޕެސްޓިސައިޑަކީ ކޮބައިކަން ވަރަށް ސާފުކޮށް މާނަކުރުން މުހިންމުކަން ފާހަގަ ކުރިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ނޮވެމްބަރު 2019

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެކުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA