ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

20 ސެޕްޓެމްބަރު 2021 12:45

ނަންބަރު

35

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2012، 2013، 2014، 2015، 2016، 2017، 2018 ވަނަ އަހަރުގެ އޮޑިޓް އަދި މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް" އާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ފޮނުވި ސިޓީ ކޮމިޓީއާ ހިއްސާކުރައްވާފައިވެއެވެ. ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން ތައްޔާރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ހުދުކަރުދާސް ދިރާސާކުރެއްވުމަށް މެންބަރުންނަށް ވަގުތު ދެއްވުމަށްފަހު، އަންނަ ހަފްތާގައި އަލުން އެޖެންޑާ ކުރެއްވުމަށް ނިންމިއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓް ކޮމިޓީއާ ހިއްސާކުރެއްވިއެވެ. ޤާނޫނު ނަންބަރު 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޙާއްޞަ ޤާނޫނު 2020) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި ރައްޔޮތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދުކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދައާއެކު ކަމަށް އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަ ގޮތާއި ޙިލާފަށް،މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައްޔިތުންގެ ފައިސާގެ ތެރޭގައި ހިމެނޭ ކައުންސިލުގެ އާމްދަނީ ފަންޑް J-LCLއިން 1,192,358.97 (އެއްމިލިޔަން އެއްލައްކަ ނުވަދިހަ ދެހާސް ތިންސަތޭކަ ފަންސާސް އަށް ރުފިޔާ ނުވަދިހ ހަތް ލާރި) ޚަރަދުކޮށްފައިވާތީ، އެކަން ހިނގާފައިވާ ގޮތުގެ މަޢުލޫމާތާއި، ޚަރަދުކުރެއްވުމުގައި ނަންގަވަންޖެހޭ ހުއްދަތަކާއި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން އެނގޭ ލިޔުން ޙިއްސާކޮށްދެއްވުމަށް އެދި އޮތޯރިޓީން ކައުންސިލަށް ފޮނުއްވާފައިވާ ސިޓީ 221-LMI/228/2021/11 (26 އޮގަސްޓް 2021) އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަ ބަލައިދެއްވުމަށްއެދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށް ނިންމެވިއެވެ. ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެ ޤާރާރާ ގުޅޭ ރިޕޯޓް ތައްޔާރު ކުރުމަށްފަހު އަންނަ ހަފްތާގައި މި ޤަރާރު މަސައްކަތް އެޖެންޑާ ކުރެއްވުމަށް ނިންމާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
5 ސެޕްޓެމްބަރު 2021 - ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން ތައްޔާރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރއްވާފައިވާ ހުދުކަރުދާސް
30 އޯގަސްޓު 2021 - އޮޑިޓަރ ޖެނެރަލް އޮފީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގައި ކުރެވުނު މަސައްކަތްތަކާޢި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓް
30 އޯގަސްޓު 2021 - ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދައާ ނުލައި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައްޔިތުންގެ ފައިސާއިން 1,192,358.97 ރުފިޔާ ޚަރަދުކޮށްފައިވާ މައްސަލަ
24 ފެބްރުއަރީ 2021 - ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅާ ޤަރާރު
25 ނޮވެމްބަރު 2015 - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2012-2018 އަހަރުގެ އޮޑިޓް ރިޕޯޓްތަކާއި، ޓްރަސްޓް ފަންޑުގެ ސްޕެޝަލް އޮޑިޓް ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA