ޤާނޫނު ނަންބަރު 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޙާއްޞަ ޤާނޫނު 2020) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދުކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުއްދައާއެކު ކަމަށް އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް،މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައްޔިތުންގެ ފައިސާގެ ތެރޭގައި ހިމެނޭ ކައުންސިލުގެ އާމްދަނީ ފަންޑް J-LCLއިން 1,192,358.97 (އެއްމިލިޔަން އެއްލައްކަ ނުވަދިހަ ދެހާސް ތިންސަތޭކަ ފަންސާސް އަށް ރުފިޔާ ނުވަދިހ ހަތް ލާރި) ޚަރަދުކޮށްފައިވާތީ، އެކަން ހިނގާފައިވާ ގޮތުގެ މަޢުލޫމާތާއި، ޚަރަދުކުރެއްވުމުގައި ނަންގަވަންޖެހޭ ހުއްދަތަކާއި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން އެނގޭ ލިޔުން ޙިއްސާކޮށްދެއްވުމަށް އެދި އޮތޯރިޓީން ކައުންސިލަށް ފޮނުއްވާފައިވާ ސިޓީ 221-LMI/228/2021/11 (26 އޮގަސްޓް 2021) މި އިދާރާއަށް ކޮޕީ ކުރެވިފައި.
20 ސެޕްޓެމްބަރު 2021 - ކޮމެޓީ މަސައްކަތް ނިމިފައި
Sep
20
20 ސެޕްޓެމްބަރު 2021
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA