ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

21 ސެޕްޓެމްބަރު 2021 11:10

ނަންބަރު

52

2021 ވަނަ އަހަރުގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން، ބިލުގެ ސުންގަޑީގެ ގޮތުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ޙާރޫން ތާއީދުކުރެއްވީ 30 ނޮވެންބަރު 2021 އެވެ. މި ހުށަހެޅުން އެވަގުތު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި ބިލާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޯލޮޖީ އޮފިސަރ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރާ ބޭންކްތައް އަދި އިންޓަރނެޓް ސަރވިސް ޕްރޮވައިޑާރސް އާ ބައްދަލުކުރެއްވުމަށްވެސް ފާސްކުރެއްވިއެވެ. ހަމައެއާއެކު، ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލަށް ހުޅުވާލުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީ ފޮނުވާފައިވާތީ އެ ބިލު ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA