ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

21 ސެޕްޓެމްބަރު 2021 11:40

ނަންބަރު

41

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި އަދި އަނބުރާ ފޮނުއްވާފައިވާ ބިލާއި ދެބިލުގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ ދެބިލާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއަށް ދެންނެވުމަށް ކޮމިޓީން ނިންމިއެވެ. މީގެއިތުރުން، ތ.ތިމަރަފުށީގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާ 8 މީހެއްގެ މައްސަލައާ ގުޅޭގޮތުން ތ.ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ޢާންމުން ފޮނުވާފައިވާ ސިޓީތައް ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA