އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

05 ވަނަ ބައްދަލުވުން

8 އޮކްޓޯބަރު 2019 09:30 ނަންބަރު 5

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން މި ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވީ، ކޮމިޓީގެ މުޤައްރިރު ހިމެނޭ ގޮތުން ސަބް ކޮމިޓީއެއް އެކުލަވާލައި، ސަބް ކޮމިޓީން މި ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށާއި، އެއްވެސް ފަރާތަކާއެކު ބައްދަލުވުމެއް ބައްވަވާނަމަ، މައި ކޮމިޓީއާ އެކު އެ ބައްދަލުވުމެއް ބޭއްވެވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. މިއަށްފަހު، މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ ނަންފުޅުތައް ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލެއްވުމުން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ހުށަހަޅުއްވާ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދުކުރެއްވީ އަންނަނިވި ނަންފުޅުތަކަށެވެ. 1. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް 2. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް 3. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު 4. ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު 5. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މި ނަންފުޅުތަކަށް ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ނަންފުޅުތައް ފާސްވިއެވެ. މިއަށްފަހު، މި ބިލުގެ މަސައްކަތް 1 ހަފްތާގެ ތެރޭގައި ސަބްކޮމިޓީން ނިންމަވާ ގޮތަށް ކަނޑައެޅުއްވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ނޮވެމްބަރު 2019

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެކުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA