އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

06 ވަނަ ބައްދަލުވުން

16 އޮކްޓޯބަރު 2019 14:00 ނަންބަރު 6

ޚުލާސާ

މިބައްދަލުވުމުގައި ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ގައި، އެކި ވުޒާރާތަކުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ހިމެނިފައިވާކަމަށް ކޮމިޓީއަށް ވަޑައިގެންނެވި ބައެއް ވުޒާރާތަކުން ހާމަކުރައްވާފައިވާތީ، ޤާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ޙަވާލުކުރެވިދާނެ ފަރާތެއް ކަނޑައެޅުއްވުމަށްޓަކައި، އެކަމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އެންވަރަޔަރަމަންޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބިލު ޑްރާފްޓްކުރެއްވުމުގައި މަސައްކަތް ކުރައްވާފައިވާ ލޯޔަރުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަކީ: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން 1. އަލްފާޟިލް އިބްރާހީމް ޝަބާޢު ޑިރެކްޓަރ ޖެނެރަލް މިނިސްޓްރީ އޮފް އެންވަރަޔަރަމަންޓްގެ ފަރާތުން 1. އަލްފާޟިލް އަޖުވަދު މުޞްޠަފާ ފާރމަންޓް ސެކްރެޓަރީ 2. އަލްއުސްތާޛާ ފަޒީލާ އަޙްމަދު ޝަހީމް ސީނިޔަރ ލީގަލް ކައުންސެލް 3. އަލްފާޟިލް ޙަސަން އަޒްހަރު އެސިސްޓަންޓް ޑިރެކްޓަރ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 1. އަލްއުސްތާޛާ އައިޝަތު މުޙައްމަދު ޑެޕިއުޓީ ކައުންސެލް ޖެނެރަލް 2. އަލްއުސްތާޛާ ސަލްވާ ހަބީބު ސީނިޔަރ ސްޓޭޓް ކައުންސެލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން 1. އަލްފާޟިލް ޢަބްދުﷲ ޙުސާމް ޝަރީފް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ، ޕޮލިސީ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ނޮވެމްބަރު 2019

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެކުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA