ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

19 އޮކްޓޯބަރު 2021 12:40

ނަންބަރު

52

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ވާނުވާގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ މައްސަލައަށް މިއަދާ ހަމައަށް ޙައްލެއް ހޯދިފައިނުވާތީއާއި ބަންދުކުރެވިފައިވާ ފަރާތްތަކަށް ފޯރިކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް މިއަދާހަމައަށްވެސް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެއްވެމުން ނުދާތީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅާ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، މި މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ކަމާގުޅޭ އިދާރާތަކަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، މަދަނީ އިޖުރާޢަތުގެ ބިލުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލުގެ 414 ވަނަ މާއްދާ އިން ފެށިގެން ބިލުގެ 425 ވަނަ މާއްދާގެ (ހ) ގެ 2 ނިޔަލަށް ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA