ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2021 10:30

ނަންބަރު

65

2021 ވަނަ އަހަރުގެ 65 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ އައި.ސީ.ޓީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި މެދު ގޮތެއް މަޝްވަރާކޮށް ގޮތެއް ނިންމެވުމެވެ. އެގޮތުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ރިޕޯޓު ފާސްކުރެއްވިއެވެ. އެއަށްފަހު ތުލުސްދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވެވީ އެ ރިޕޯޓު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއާއި، މިނިސްޓްރީ އޮފް ފިނޭންސާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޯލޮޖީ އޮފިސަރާއި އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ހިއްސާކުރުމަށެވެ. މި ހުށަހެޅުއްވުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރައްވައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އެއްމެދު އިމާރާތުގެ ބިލު ދިރާސާކުރެއްވުމެވެ. އެގޮތުން ބިލުގެ 121 ވަނަ މާއްދާއިން ފެށިގެން ބިލުގެ 128 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA