ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

31 އޮކްޓޯބަރު 2021 10:45

ނަންބަރު

58

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ދެ ބިލަށް ގެންނަން ބޭނުންފުޅުވާ އިތުރު އިޞްލާޙުތަކާއެކު ދިރާސާކޮށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލު ފާސްކުރެއްވިއެވެ. (ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވި މެންބަރުން: ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު، ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން، ވެލިދޫ ދާއިރާގެ މެންބަރުން މުޙައްމަދު އަބްދުﷲ ޝަފީޤް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން) އެއަށްފަހު، ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މަދަނީ އިޖުރާޢަތުގެ ބިލާ ގުޅޭގޮތުން ކޮމިޓީގައި ފަހުން ބެއްލެވުމަށް ޕާކްކޮށްފައިވާ މާއްދާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA