ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2021 10:30

ނަންބަރު

68

2021 ވަނަ އަހަރުގެ 68 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަކަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާކަމަށް ފާހަގަކުރައްވައި، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުން ސަބް-ކޮމިޓީން ފޮނުއްވާފައިވާ ރިޕޯޓު ދިރާސާކުރެއްވުމެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޤަރާރު ފާސްކުރައްވައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމެވިއެވެ. ދެން މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ދިރާސާކުރެއްވުމެވެ. އެގޮތުން ބިލުގެ 1 ވަނަ މާއްދާއިން ފެށިގެން 3 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA