ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

17 ނޮވެމްބަރު 2021 13:15

ނަންބަރު

60

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 60 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މަދަނީ އިޖުރާޢަތުގެ ބިލުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލުގައި ފަހުން ބެއްލެވުމަށް ޕާކްކުރެވިފައިވާ މާއްދާތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ކޮމެންޓްތައް ދިރާސާކުރެއްވިއެވެ. އެއަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެސިޓީގައި ވަޒީފާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމައި ޙުކުމްކުރަނީ މައްސަލައިގެ ޚުލާސާ ރިޕޯޓު ތައްޔާރުނުކޮށް ކަމަށާއި، އެކަމުގެ ސަބަބުން މައްސަލަ އިސްތިއުނާފުކުރުމަށް ލިބޭ 10 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމަށް ދަތިތަކެއް ކުރިމަތިވެގެންދާކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރެއްވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއާ ބައްދަލުކުރެއްވުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހުށަހަޅުއްވާ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޟްނުކުރައްވާތީ، މި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA