ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

18 ޖޫން 2019 09:55

ނަންބަރު

2

އިޖްތިމާޢީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކާއި އަދި ކުރަން ރާވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ކަމާގުޅޭ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
18 ޖޫން 2019 - އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA