ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

16 ފެބްރުއަރީ 2022 12:30

ނަންބަރު

2

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތައް މިހާރު އޮޕަރޭޓްކުރަމުން ގެންދަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމުގައިވާތީ، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމާ ގުޅޭ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބިލުގެ ޑްރާފްޓެއް އެކުލަވާލައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ހިއްސާކޮށްފައިވާތީ، އެ މަޢުލޫމާތު މަޖިލީހުގެ ރައީސްއާއި ޙިއްސާކުރުމަށް ފަހު، މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވޭނެކަމަށް ލަފާކުރައްވާ ތާރީޚަކާއި، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA