ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

22 ފެބްރުއަރީ 2022 11:05

ނަންބަރު

1

2022 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ގއ. ދާންދޫ އާއި ގއ. ނިލަންދޫ ބްރިޖަކުން ގުޅާލުމަށް ގޮވައިލައްވައި ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ޤަރާރުގައި އެދިވަޑައިގަންނަވާ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާބެހޭ ވުޒާރާގައި ދެންނެވުމަށް ފެނިވަޑައިގަންނަވާކަމަށާއި، ދައުލަތުގައި ބަޖެޓުގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވާނެކަމަށް ދަންނަވައި ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާއަށް ޖަވާބު އެރުވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ ބިލުގެ ސުންގަޑި އަކީ 08 މާރިޗު 2022 ކަމުގައި ކަނޑައެޅުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހަޅުއްވައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި، މި ބައްދަލުވުމުގައި އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ 16 ވަނަ މާއްދާއިން ފެށިގެން 24 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA