ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

1 މާރިޗު 2022 11:00

ނަންބަރު

2

2022 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ މަދްރަސަތުލް އިފްތިތާޙްގެ ހިންގުން ހަރުދަނާކޮށް، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް އެދި ހުށަހަޅާ ޤަރާރުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، އެ ޤަރާރުގެ ސުންގަޑި އަކީ 30 އެޕްރީލް 2022 ކަމުގައި ކަނޑައެޅުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ޙާރޫން ހުށަހަޅުއްވައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. އަދި ޤަރާރުގައި ހިމެނިފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ސިޓީއެއް ފޮނުވުމަށްވެސް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމެވިއެވެ. އަދި، މިއަދުގެ ބައްދަލުވުމުގައި އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ 25 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA